logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024
ބައްސާމް: ތުހުމަތުކުރަނީ ބޮޑު ހިޔާނާތަކަށް

އެފްއޭއެމްގެ ފައިސާއިން ބައްސާމު ގަތީ އެޕާޓްމަންޓް؛ ދައުވާކޮށްދޭން ފުލުހުން އެދިއްްޖެ

ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް، ފުލުހުން ހުށަހަޅައިފި އެވެ.

ފުލުހުން މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި، އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ނަމަވެސް ދެއްކިކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެފްއޭއެމް އިން ވެސް އެ ފައިސާ ލިބުނުކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި، އެ އަދަދާއި، އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ ބެލެވެނީ އެފްއޭއެމުން މަސައްކަތްކޮށްފައިވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމީން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ފީފާ އިން ދިން ޑޮލަރު މާރުކުރަން ދިން ފައިސާއެއްކަން ދެއްކުމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *