ރާއްޖެއިން ބޭރުން އައި އުމުރުން ދުވަސްވީ ދިވެއްސެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއާލައިންސް އިން އައި 65 އަހަރުގެ ދިވެހި ފިރިހެނެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ބުންޏެވެ.
މި މީހާގެ މައުލޫމާތެއް އަދި މި މީހާއާ މަސްތުވާތަކެއްޗާ ގުޅޭ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހެރޮއިން، ސިންތެޓިކް ކެތިނޯން، ކެނަބިސް އަދި އެކްސްޓަސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.