logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ގަވާއިދާ ހިލާފަށް އުޅެމުންދިއަ 9 ބިދޭސީއަކު ހައްޔަރު ކޮށްފި

ގަވާއިދާ ހިލާފަށް އުޅެމުންދިއަ 9 ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ، މި 9 ބިދޭސީން ހައްޔަރު ކޮށްފައިވަނީ، އިމިގްރޭޝަންގެ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، ރޭގައި ހ. ކަޅުހުރާގެ ބަލައި ފާސްކޮށް ކަމަށެވެ.

އެތަނަކީ ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ ތަނެއް ކަމަށާއި، އެތަނުގައި ދިރިއުޅެމުންދިއަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 9 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އޭގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީއަކު ހިމެނޭ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާއްމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުން އަންނަ ތަންތަން އިމިގްރޭޝަނުން ދަނީ ބަލާ ފާސް ކުރުމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ދިރިއުޅުމަށް ކުއްޔަށް ދޭ ފަރާތްތަކަށް ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅިގެން ދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *