logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު މެންދުރު 12:57 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދިވެހި އަންހެނަކަށް ކަމަށާއި އެ އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *