logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލަ ފުލުހުން ބަލަންފަށައިފި

ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ކްލިނިކެއްގެ މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީން އެދުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

”މިނިވަން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުންދަނީ މަޝްހޫރު ހިޖާމަ ތެރެޕިސްޓު ކަމަށްވާ ފަޒީލާ އުސްމާން ހިންގަމުންދާ ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލައެވެ.

ހެލްތް މިނިސްޓްރީން ވަނީ، މިދިޔަ މަހުގެ ތެރޭގައި އެ ކްލިނިކް ހިންގުމުގެ ލައިސަންސް ލިބެންދެން ކްލިނިކުން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް އަންގާފައެވެ. އަދި އެ ކްލިނިކު ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ އިޝްތިހާރުތައް ވެސް ނެގުމަށް މިނިސްޓްރީން އެންގިއެވެ. އެގޮތަށް އެންގީ އެ އިޝްތިހާރުތައް ވެސް ޖެހޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާތީއެވެ.

މިހާރު ފުލުހުން ދަނީ ހެލްތްމިނިސްޓްރީން ހުށަހަޅާފައިވާ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *