logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފުލުހުންނާ އެކު ގުޅިގެން ކުރެވޭ މަސައްކަތުން ޖިނާޢީ ޢަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެ: ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ފުލުހުންނާ އެކު ގުޅިގެން ކުރެވޭ މަސައްކަތުން ޖިނާޢީ ޢަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްލިސް އަލީ ޝުޖާއު އާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަކީ އެމަނިކުފާނު  ޙަވާލުވި މަސައްކަތުގެ އެންމެ މުޙިއްމު އެއް ބައިވެރިޔާ ކަމަށާއި، އަދި ޕްރޮސިކިއުޓަރުންނާ އެކީގައި ކުރެވޭ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ އަޅުގަނޑު މި ޙަވާލުވި މަސައްކަތުގެ އެންމެ މުޙިއްމު އެއް ބައިވެރިޔާއެވެ. އަދި އަޅުގަނޑުމެން އެކީގައި ކުރެވޭ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީޖީ އޮފީހުން ހާމަކުރައްވާފައިވަނީ މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވާފައިކަމަށާއި، އަދި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވެވިކަމަށެވެ.

ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިކަމަށާއި އަދި މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިކަމަށެވެ.

އަދި އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަޙުޤީޤުކޮށް ހުށަހަޅުއްވާ މައްސަލަތަކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *