logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސައުދީ އަރަބިއްޔާ އާއެކު އިސްލާމީ އާދަކާދަތަކުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ: ނައިބްރައީސް ހުސެއިން މުޙައްމަދު

ސައުދީ އަރަބިއްޔާ އާއެކު އިސްލާމީ އާދަކާދަތަކުގެ ގުޅުން އިތުރަށް ބަދަހިވެއްޖެކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިވީ ރައީސް ޑރ.މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިންކަމަށް ދިވެހިރާއްޖޭގެ ނައިބްރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވިނާ ނައުޓިކާ ރިސޯތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކޮށް އެކަމަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައިވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ