logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ލަންކާގެ އާބޮޑު ވަޒީރަށް ރައީސްގެ ތަހުނިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް އައްޔަން ކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާއަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު، ޑރ. ހަރީނީއަށް ތަހުނިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާގެ ޒަޢާމަތުގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކަށް އަލިވިލޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

ޑރ. ހަރީނީ ލަންކާގެ ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ 24 އަހަރަށް ފަހު ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ. އަދި އެއީ ލަންކާގެ ތާރީހުގައި ބޮޑު ވަޒީރުކަން ކުރެއްވި ތިންވަނަ އަންހެން ބޮޑު ވަޒީރެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *