logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މޫސުން ގޯސްވެ އުތުރުގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދު، ހެނދުނު 7:00 އިން މެނދުރު 12:00 އަށެވެ.

އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް އެލާޓުގައި ވަނީ ބުނެފައެވެ.

މި ދުވަސް ވަރަކީ ވިއްްސާރަކުރާ ދުވަސްވަރަކަށް ވުމުން، ބައެއް ރަށްތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ