logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާއާ ގުޅުން ބަދަހިކުރާތީ އުމަރުގެ ފާޑުކިއުން ސަރުކާރަށް

އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވޯޓު ހޯދައިގެން އައި މީހުން ތިބީ އިންޑިއާ އުނގަށް ވެއްޓިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އަސްކަރިއްޔާ ބާލަން ކަމަށާއި، މަގުތަކުގައި ޖަހާފައި ހުރި ހޮޅިދަނޑީގައި އަދިވެސް ހަރުކުރި ޕޯސްޓަރުތައް އެބަހުރިކަމަށެވެ.

އުމަރު ވިދާޅުވީ އެ ޕޯސްޓަރުތަކުގައި އޮތީ އިންޑިއާ ސިފައިން ބާލާ ވާހަކައެއް ނޫން ކަމަށާއި، އޭގައި އޮތީ އިންޑިއާގެ އަސްކަރިއްޔާ ބާލާ ވާހަކަ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރާނެ ކަމަށް ބުނެ ވޯޓު ހޯދައިގެން އައި ނަމަވެސް އަދިވެސް އެ އޮތް ގޮތަށް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އެބައޮތް ކަމަށާއި، އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓަކާއި ރާޑަ ސްޓޭޝަންތައް އޮޕަރޭޓްކުރަން ތިބީ އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްގެ މުވައްޒަފުން ކަމަށެވެ. އަދި އެއީ އިންޑިއާގެ އަސްކަރިއްޔާގެ މީހެއްކަމުގައި ވިޔަސް އެމީހުންނަނީ އިންޑިއާގެ އަސްކަރިއްޔާގެ ހަތިޔާރު އޮަޕަރޭޓްކުރާ މީހުން ކަމަށެވެ.

އުމަރު ވިދާޅުވީ، މިހާރު ފެންނަމުން ދަނި ކުރީ ސަރުކާރުން އިންޑިއާ އާ ބޭއްވި ގުޅުމަށްވުރެ ވެސް ގާތް ގުޅުމެއް މި ސަރުކާރުން ބާއްވަމުން ގެންދާ މަންޒަރުކަމަށާ އެގޮތުން މި ސަރުކާރުން އިންޑިއާ އާ ގާތްވީނުން ގޮސް އިންޑިއާގެ އުނގަށް ވެއްޓިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ