logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ސްކޫލުތަކާ ބެލެނިވެރިން ގުޅިގެން ރާއްޖޭގައި ވޭޕް މަނާކޮށް ދޭން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ސްކޫލުތަކާ ބެލެނިވެރިން ގުޅިގެން ރާއްޖޭގައި ވޭޕް މަނާކޮށް ދޭން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ސްކޫލުތަކާއި ބެލެނިވެރިންނާ ގުޅިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ގޮވާލައި ސޮއިކުރަމުންގެންދާ ޕެޓިޝަނުގައި މިހާތަތަނަށް ގިނަ އަދަދެއްގެ ފަރާތްތަކުން ސޮއިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި އެ ޕެޓިޝަން ސަރުކާރަށް ހުށަހެޅުމަށް ވަނީ ގަސްތުކޮށްފއެވެ. އެގޮތުން ކަމާބެހޭ ހުރިހާ އިދާރާތަކަށާއި، އެޑިއުކޭޝަން މިނިސްޓަރީއަށާއި އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ޕެޓިޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ

މީގެ އިތުރުން ވޭޕް ބޭނުންކުރުމުގެ ނުރަނގަޅު އާދައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސްކޫލުތަކުގެ އިސްވެރީންނާއި ޕީ.ޓީ.އޭ އާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަންފަށާފައެވެ.

މީގެ ކުރިން .މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިންންާއި ނަރުހުންގެ ޖަމްއިއްޔާއިންވެސް ވަނީ ރާއްޖޭގައި ވޭޕް ގެންގުޅުން މަނާކުރުމަށް ގޮވާލާފައެވެ. އަދި މެޑިކަލް އެސޯސިއޭޝަނުން އެކަމާ ގުޅޭގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެފަދަ ބަލިތައް ގިނަވުމުގެ އެެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ގިނަވުން ކަމަށެވެ. އަދި ބަލިތަކުގެ ތެރޭގައި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ އިތުރުން ސްޓްރޯކް ވެސް ހިމެނޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *