logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި ކުރިއަށްދާ މައްސަލައަށް ރާއްޖެއިން ތަދައްހުލުވެއްޖެ

އިސްރާއީލުން ގާޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސައުތުއެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން މިއަދު ތަދައްހުލުވެއްޖެއެވެ.

އެކަން ހާމަކޮށް ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ޕްރެސް ރިލީޒް ގައި ބުނެފައިވަނި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ދެކުނު އެފްރިކާ ވ. އިޒްރޭލު)" މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވުމަށްޓަކައި ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" މިއަދު ހުށަހަޅާފައިވާ ކަމަށާއި، އަދި އެ މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓަކީ ބަންޑާރަނައިބް އަހްމަދު އުޝާމް ކަމަށެވެ.

އައިސީޖީގައި ހިނގަމުންދާ އެ މަސައްލާގެ ތެރެއަށް ދިވެހިރާއްޖެއިން ތަދައްހުލުވެފައިވާކަން ރައީސް ޑރ. މުއިއްޒުވެސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު އެކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށާއި، އިސްރާއިލް އެކަމަށް ޒިންމާ ކުރުވަންޖެހޭނެ ކަމަށާއި، ގާނޫނު ނަގަހައްޓައި އިސްރާއިލުން ވަގުތުން އެކަން ހުއްޓާލަންޖެހޭ ކަމަށާއި، އަދި ދިވެހި ރާއްޖެއިން އަބަދުވެސް ދިމިތިބޭނީ  އިންސާނިއްޔަތާއި އިންސާފުގެ މަތީގައި ކަމަށާއި، އެގޮތުން ފަލަސްތީނާއެކު ދެމިތިބޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.

އަދި 63 ވަނަ މުއާހަދާގެ ދަށުން ސައުތު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައިސީޖީ އަށް ހުށަހަޅައިގެން ކުރިއަށްގެންދާ މައްސަލާގެ ތެރެއަށް ދިވެހިރާއްޖެއިން މިއަދު ތަދައްހުލު ވެފައިވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *