logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
METADATA-START

މޯލްޑިވިއަން ސީޕްލޭން ޖޮއިންޓް ވެންޗަރ އަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއދެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވަވައިފިއެވެ.

އެގޮތަށް ނިންމަވާފައިވަނީއިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްްޓްރ އޮފް ފިނޭންސުން ހުށަހެޅި ކަރުދާހުގެ މައްޗަށް ބިނާކޮށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަނުން ހިންގަމުން ގެންދާ މޯލްޑިވިއަން ސީޕްލޭން ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން 30 އެޕްރީލް 2025 އަށް ނިންމެވުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *