logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެ

ލ. ގަން  ހަމަދް ބިން ހަލީފާ އަލް ޘާނީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ސޯޝަލްމީޑިއާ އިން ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އިސްފައިވާ ކަމަށާއި، އެހެން ކަމުން ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަމާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސޯޝަލްމީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހަމަދް ބިން ހަލީފާ އަލް ޘާނީ ގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަކަށް އެހެން ދަރިވަރުންތަކެއް ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޕޯސްޓުގައި ބުނެފައިވަނީ، އެ ދަރިވަރު ގައިގައި ދަނޑިބުރިއަކުން ތަޅައި، ވީޑިއޯ ކުރުމަށް ފަހު ރުފިޔާ ނުދީފިނަމަ ބްލެކްމެއިލްކޮށް އެ ފުރައިގެ ގިނަ ކުދިންތަކެއް އުޅޭ އިންސްޓަ ގްރޫޕަކަށް ވީޑިއޯލައި އެ ދަރިވަރަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ ސްކޫލުގެ ގްރޭޑް 9 އެއްގައި ކިޔަވާ ދަރިވަރެއް ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ