logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ބޭރުފައިސާއާ ބެހޭ ގަވައިދަށް މަޓީން ދެކޮޅު

ބޭރު ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެއްބަސްނުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

އެ ގަވާއިދުގައި ވަނީ ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށެވެ. އެ އުސޫލުން ކެޓަގަރީ ބީ ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުން ކަމަށްވެސް ގަވައިދުގައި ވެއެވެ.

މިކަމާ ގުޅިގެން މަޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގަވައިދު އެކުލަވާލާފައިވާނީ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކޮށްފައި ކަމަށް އެމްއެމްއޭއިން ބުނާ ކަމަށެވެ. ނަމަވެސް ގަވައިދު އެކުލަވާލި އިރު އެކަން އެގޮތަށް ކޮށްފައި ނުވާކަމަށް މަޓީ އިން ފާހަގަކުރި އެވެ.

މީގެ އިތުރުން މަޓީ އިން ބުނީ ގަވައިދު ގެޒެޓް ކުރިއިރު، އެކަމާ ގުޅިގެން މަޓީ އިން ހުށަހެޅި ކަންބޮޑުވުންތަކަށް އެމްއެމްއޭއިން ޖަވާބު ދީފައި ނުވާކަމަށެވެ.

މި ގަވައިދު އެކުލަވާލުމާއެކު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލުތަކަކީ ރަނގަޅު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަންކަމަށް ހައްލު ލިބުނު ނަމަވެސް ބަދަލު ގެނަޔަސް ޑޮލަރު މައްސަލަ ހައްލެއް ނުވާނެ ކަމަށާއި އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *