logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ސަމާލު! އިންޑިއާގައި އުފައްދާ ބައެއް ބޭސްތަކުގައި މައްސަލަ

އިންޑިއާގައި އުފައްދާފައިވާ 16 ބޭހެއްގައި ކޮލިޓީގެ މައްސަލަ ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން ބުނީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ (ސީޑީއެސްސީއޯ) އިން ނެރެފައިވާ އެލާޓަކާ ގުޅިގެން، ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އެމްއެފްޑީއޭއިން އިވެލުއޭޝަން ހެދި ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖެއަށް އެތެރެ ކޮށްފައިނުވި ނަމަވެސް ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

ސަމާލުވުމަށް އަންގާފައިވާ ބޭސްތައް:

– ފަލްމޮސިލް

– ޑިފްލެޒާކޯޓް ޓެބްލެޓް

– ތެލްމާ އެޗް

– އުރިސޮކޮލް 300

– ޕެންޓޯސިޑް

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *