logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕޮގްބާގެ 4 އަހަރުގެ ސަސްޕެންޝަން 18 މަސްދުވަހަށް ކުރުކޮށްދީފި

މަނާ ބޭސް ބޭނުންކުރުމާ ގުޅިގެން 4 އަހަރަށް ފްޓްބާޅައިން ސަސްޕެޓް ކޮސްފައިވާ ފްރާންސް ގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ސަސްޕެންޝަން 18 މަސް ދުވަހަށް ލުއިކޮށްދީފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދްނޭސީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗަށްފަހު ހެދި ޓެސްޓުތަކުން ޕްގްބާ ވަނީ މަނާ ބޭސް ބޭނުންކޮށްފައިކަން ވަނީ ދެނެގަނެވިފައެވެ. އެހެންކަމުން އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން އެމައްސަލަ ބެލުމަށްފަހު 4 އަހަރަށް ފުޓްބޯޅަ އިން ސަސްޕެންޑް ކުރުމަށް  ނިންމުމާ ގުޅިގެން ޕޮގްބާގެ ފަރާތުން އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް ގައި އިސްތިއުނާފުކޮށްފައިވެއެވެ.

އެކަމާގުޅިގެން ޕޮގްބާގެ އިސްތިއުނާފީ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ބެލުމަށްފަހު ވަނީ  ޕޮގްބާގެ އަދަބު 18 މަސް ދުވަހަށް ކުޑަކޮށްދީ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *