logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ސާދިޔާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑަ އަޅައިފި

ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ އެމްބަސީތައް ކައިރިއަށް އެއްވެ އަޑުގަދަކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ހައްޔަރުކޮށް ބަންދުކުރީ ޤާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ބައެއް އެމްބަސީތައް ކައިރިއަށް އެއްވެ އަޑުގަދަކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް 28 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. މި ދެމީހުން ހައްޔަރުކޮށް ފުރަތަމަ ބަންދަށް 3 ދުވަސް ދިނުމަށްފަހު ދެވަނަ ފަހަރަށް ބަންދަށް ދީފައިވަނީ 5 ދުވަހެވެ. އޭގެފަހުން ސެޕްޓެމްބަރު 5 ވަނަ ދުވަހު މި ދެމީހުން ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ވަނީ އަމުރު ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ޝާދިޔާ ތިން ދުވަހަށް ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކަނޑައެޅުމަށްފަހު ކަމަށާއި ނަމަވެސް އެ ނިންމުމަށް ވާސިލުވިގޮތެއް ސާފު ނުވާ ކަމަށެވެ. މީގެއިތުރުން ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ހުރިނަމަވެސް ބަންދު ކުރުމަށް ނިންމާފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވެ އެވެ.

އެހެންކަމުން ހައުކޯޓުން ވަނީ މި މައްސަލައިގައި ޝާދިޔާ ތިން ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ހުކުމް ކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *