logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އައްޑޫ އާއި ފުވައްމުލަކުގެ ނޭޗަ ޕާކު އައު ކުރުމަށް ސޮއިކޮށްފި

އިއްޔެ ފުވައްމުލަކުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކުރުމުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރީ ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުން ނެވެ.

މި މަޝްރޫއުއަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީ.އެފް.ސީ.އާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މަގްސަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކޮށް، ތަރައްގީކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރި ކަމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *