logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް ގެ ނަމުގައި، ގުޅައިގެން ފައިސާ ހޯދާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ގުޅަމުންދާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި އެ މީހާގެ ކޯލްތަކަށް ސަމާލުވުމަށް ޝަކީލް އެދިލައްވައިފިއެވެ.

އެކަން ހާމަކޮށް އޭނާގެ ފޭސްބުކު ގައި ޝަކީލް ކޮސްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ފަރާތުން ކަމަށް ބުނެ އެކި ފަރާތްތަކަށް ގުޅައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެމީހާގެ މައްސަލަ ބަލައިދިނުމަށް މޯލްޑޮވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާނެ ކަމަށާއި، އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގުޅައިގެން ފައިސާ ގެ މުއާމަލާތެއް ނުހިންގާނެ ކަމަށާއި އެހެންކަމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި އޭނާގެ ޕޯސްޓްގައި އޭނާގެ ފަރާތުން ކަމަށް ބުނެ މީހުންނަށް ގުޅައި ފައިސާ ނަގަމުންދާ މީހާގެ ވަނަވަރާއި ފޯނު ނަންބަރު ވަނީ އާއްމުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *