logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަނާ ބޭސް ބޭނުން ކުރުމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ޕޮގްބާ، އޭނާ އަކީ މަކަރުހަދާ މީހެއް ނޫންކަމަށް ބުނެފި

މަނާ ބޭސް ބޭނުން ކުރުމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ޕޮގްބާ، އޭނާ އަކީ މަކަރުހަދާ މީހެއް ނޫންކަމަށް ބުނެފިއެވެ.

އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް (ނާޑޯ) އިން މިދިޔަ ފެބްރުއަރީ މަހު އުމުރުން 31 އަހަރުގެ އޭނާ ޕޮގްބާ ސަސްޕެންޑް ކުރީ މަސްތުވާތަކެތީގެ ތަހުލީލުތަކުން އޭނާގެ ހަށިގަނޑުން ޓެސްޓޯސްޓެރޯން (ބުންވަރު އިތުރުކުރާ ބޭހެއް) ގެ އަސަރު މަނާ މިންވަރަށް ހުރުމުންނެވެ.

އެމައްސަލާގައި ފުރަތަމަ ޕްގުބާ އަށް ވަނީ 4 އަހަރަށް ފްޓްބޯޅައިން ސަސްޕެނެޑް ކޮށްފައެވެ. ނަމަވެސް އެކަމާގުޅިގެން ޕޮގްބާގެ އިސްތިއުނާފީ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ބެލުމަށްފަހު ވަނީ  ޕޮގްބާގެ އަދަބު 18 މަސް ދުވަހަށް ކުޑަކޮށްދީ އެވެ.

ސަސްޕެންޝަން ގެ މުއްދަތު ކުރުކުރުމާ ގުޅޭގޮތުން ޕޮގްބާގެ ގާތް ފަރާތްތަކުން ބީބީސީ ސްޕޯޓްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޖެނުއަރީ މަހު އަލުން ޕްރެކްޓިސް ފަށައިގަނެވޭނެ ކަމަށާއި މާޗް މަހުން ފެށިގެން އަލުން ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ އޭނާ އަކީ މަކުރުވެރިއެއް ނޫންކަމަށާ މަނާ ބޭސް އޭނާ ބޭނުންނުކުރާ ކަމަށެވެ.

އަހަންނަކީ އަހަރެންގެ ކުޅިވަރަށް ލޯބިކުރާ މީހެއް، އަހަރެން ކުޅިވަރަށް ވަރަށް ލޯބިވޭ، ދުވަހަކުވެސް އޮޅުވާނުލާނަން. އިންސާފުވެރިކަމާއެކު މޮޅުވާން ވަރަށް ލޯބިވޭ.

އަދި އޭނާގެ ހަށިގަނޑުން މަނާ ބޭހުގެ އަސަރު ފެނުމާ ގުޅޭގޮތުން ޕޮގްބާ ބުނެފައިވަނީ އޭނާ އަކީ ބޭޑް ލޫޒާ އެއް ނަމަވެސް އޭނާ އަކީ މަކަރުވެރިއެއް ނޫންކަމަށެވެ. އަދި ސަޕްލިމެންޓް ނެގީމަ އެކަމަށް އޭނާ ޒިންމާ ވާންޖެހިފައިވާ ކަމަށެވެ.

ސްޕްލިމެންޓް ގެންނަނީ ޕްރޮފެޝަނަލް ފަރާތްތަކުން ކަމަށްވާތީ 3 ފަހަރަށް އޭތި ތަހުލީލު ނުކުރާ ކަމަށާއި ނަމަވެސް އެފަދަ ކަމަކުން 4 އަހަރުގެ ސަސްޕެންޝަނެއް އައިސްގެން ނުވާނެކަމަށް ޕޮގްބާ ގަބޫލުކުރާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ބޭނުންވަނީ އަބަދުވެސް ކޮންމެވެސް ދަންޑެއްގައި ކޫލެން ބޭނުންވާކަމަށާއި، އެގޮތުން ޔުވެންޓަސް އާއެކު ފަރިތަކުރުންތަކާ މެޗުތަކުގައި ބައިވެރިވާން މިހާރުވެސް ބޭނުންވާކަމަށެވެ.

ޕޮގްބާ ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެވެ، އެހެންކަމުން ސްކޮޑުގެ އެހެން ކުޅުންތެރިންނާއެކު އަލުން ޕްރެކްޓިހަށް ނުކުތުމުގެ އުއްމީދުގައި ހުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިތުރަށް ޕޮގްބާ ބުނީ ސަސްޕެންޝަނާ ގުޅިގެން އޭނާ ފުޓްބޯޅައިން ރިޓަޔަރ ކުރުމަށް ވިސްނި ކަމަށާއި ނަމަވެސް އަންހެނުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާ ގުޅިގެން ފުޓް ބޯޅާ އާއެކު ކުރިއަށް ދިއުމަށް މިހާރު އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *