ދައުލަތުގެ މާލީ ހިސާބުތައް ރެކޯޑް ކުރުމުގައި 2 ބިލިއަން ރުފިޔާގެ ފަރަގެއް ފާހަގަ ކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުމެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ ފިސްކަލް ރިޕޯޓް އާންމުކުރުން މަޑު ޖައްސާލަން ޖެހުނީ މި މައްސަލަ ފާހަގަ ކުރެވިގެންނެވެ.
އެހެން ދިމާވި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަންޑެޑް ޕްރޮޖެކްޓްތަކަށް ބޭރު ފަރާތަކުން ސީދާ ކޮންޓަރެކްޓަރަށް ދޫކޮށްފައިވާ ފައިސާ ފިނޭންސް މިނިސްޓްރީގެ ރެކޯޑްތަކުގައި ހިމެނިފައި ނެތުމުން ކަމަށެވެ.
އެ މައްސަލާގައި އަމަލުކުރާނެ ގޮތެއް ސާފު ކުރުމަށް އޮޑިޓަރ ޖެނެރަލާއި ބަންޑާރަ ނައިބުގެ ކަފާއަށް މިހާރު އެދިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބް ވިދާޅުވީ އެގޮތަށް އަމަލުކުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.