logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

މަގުސަދު ހާސިލްނުވާތީ ޕީސީބީ އުވާލުމާ ދިމާލަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށްފި އެވެ.

މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މުއައްސަސާތައް ހަދަމުން ހަދަމުން ގޮސް ކަންކަމުގައި ޒިންމާވާނެ ބައެއް ނޭނގޭ މިންވަރަށް މުއައްސަސާތައް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުންޏެއްގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭވަރަށް ކަންކަން ގޮއްސިކަމަށް އޭނާ ވިދާޅުވި އެވެ.

މުއައްސަސާތަކާއި އިދާރާތައް ހަދަމުން ހަދަމުން ގޮސް، ކުންފުނީގެ ކަންކަމުގައި ބަސް ބުނާނީ މިނިސްޓްރީތޯ ސަރުކާރުތޯ ޕީސީބީތޯ ނޭނގޭ ހިސާބަށް ކަންކަން ގޮއްސި. ގާނޫނުތައް ހެދުމުގެ މަގުސަދެއް މާސިލް ނުވާ މިންވަރަށް ކަންކަން ގޮއްސި.

ޕީސީބީ އޭގެ ތެރެއިން އެންމެ ތަނެއް ކަމަށާއި އެފަދަ ބައިވަރު މުއައްސަސާތައް އެބަ ހުރިކަމަށް އުޝާމް ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތައް ރަނގަޅަށް ނުހިނގިގެން އުޅެނީ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާނީ ކޮން ފަރާތަކުންކަން ނޭނގޭތީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އެގޮތުން އެއްބަޔަކު ތިބެނީ މިނިސްޓްރީއަށް ކަންކަން ދޫކޮށްލައިގެން ކަމަށާއި އަނެއް ބަޔަކު ތިބެނީ ޕީސީބީއަށް ކަންކަން ދޫކޮށްލައިގެން ކަމަށާއި ކުންފުނިތަކުގެ ކޮރަޕްޝަން ފާއިތުވި އަހަރުތަކުގައި އިންތިހާއަށް ދިޔަ އިރު އެކަންކަން ބެލޭނެ ގޮތެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މި ސަރުކާރުން ވަރަށް ސީރިއަސްކޮށް މިފަދަ ތަންތަނަކީ ބަހައްޓަން ޖެހޭ ތަންތަންތޯ ކޮންސިޑާ ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތައް ރީޔުނައިޓް ކުރުމަށްޓަކައި ވަކިން ތަނެއް ހަދައިގެން އުޅުމަކީ ކުރަން ޖެހޭ ކަމެއްތޯ ބަލަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *