logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024
އެކްސިޑެންޓްގައި އަނިޔާވި މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި. ފޮޓޯ: ސޯޝަލް މީޑިއާ

ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލް އެކްސިޑެންޓްވެ އަނިޔާވި ދެމީހުން އިތުރުފަރުވާއަށް މާލެއަށް

ގދ. ނަޑެއްލާގެ ބަނދަރުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އެ އެކްސިޑެންޓު ހިނގީ ރޭ ދަންވަރު 12 ޖަހާކަށް ހާއިރެވެ.

ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލު ނުވެ ގޮސް، އެ ވަގުތު ބަނދަރުމަތީގައި މަޑުކޮށްފައި އޮތް ރަށުޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުންނާއި ޕިކަޕު ކައިރީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.

ފުލުހުން ބުނި ގޮތުގައި، ސައިކަލް ދުއްވި މީހާއަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.

ސައިކަލުގައި ތިބީ 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އަނިޔާވީ 47 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ގދ. ތިނަދޫގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާދިން ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާ އާއި ޕިކަޕް ކައިރީގައި ހުއްޓާ އަނިޔާވި މީހާއަށް އިތުރު ފަރުވާ ދޭން ޖެހިގެން މިއަދު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *