logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

54 ވަނަ ފަހަރު ހައްޔަރުކުރީ އެނަޖީ ޑްރިންކް ވަގަށް ނަގައިގެން؛ ބަންދަން 15 ދުވަސް

އެކި މައްސަލަތަކުގައި 53 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު އެކްސްއެލް ދަޅުތަކެއް ވަގަށް ނެގުމުން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ އުމުރުން 37 އަހަރުގެ މުހައްމަދު ރަޝީދު ކިޔާ މީހެކެވެ. މީނާއަކީ ކުށުގެ ރިކޯޑު އޮތް ފަރާތެއްކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މުހައްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ވިލާމާޓް ފިހާރައިން ވައްކަން ކޮށްފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުނެވެ. ފުލުހުން އެތަނަށް ގޮސް މުހައްމަދު ރަޝީދާ ސުވާލު ކުރުމުން 3 އެކްސްއެލް ދަޅު ނެގިކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. އަދި އެ ފިހާރައިގެ ވެރި ފަރާތުން ވަނީ އޭނާ ހުއްޓުވާފައިވަނީ ފިހާރައިން 3 އެކްސްއެލް ދަޅު ނަގައިގެން ދާން އުޅުމުންކަމަށް ބުނެފަ އެވެ.

އޭނާ ވައްކަން ކުރިކަން ފާހަގަވެފައިވަނީ ސީސީޓީވީއިން ފެނުމުންކަމަށް ފިހާރައިން ބުނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *