logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މީހުން ހައްޔަރުކުރަން ފަށައިފި: ފުލުހުން

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީ ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމާއި އަދި މަސްތުގެ ހާލަތުގައި ތިބޭ މީހުން ހައްޔަރުކުރުމަށް ހާއްސަ އޮޕްރޭޝަނެއް ފުލުހުންނާއި ނެޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ އޮޕަރެޝަނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބަންދު ކުރަނީ, މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުން ފަދަ އެކއެކި ކުށްތަކަށް އަރައިގަންނަ މީހުންނާއި އަދި މަސްތުގެ ހާލުގައި މަގުމަތީގައި އުޅޭ މީހުން ކަމަށެވެ.

އަދި އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަ މީހުންގެ ތެރެއިން މިސްކިތްތަކުގައި ނިދައިހަދާ މީހުންވެސް ހައްޔަރުކުރާނެކަމަށް ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ހިއްސާކުރައްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ފަށާފައިވާ އެ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށް ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރ ގައި ބަންދުކޮށްފައިވާ ކަމަށާއި، އެ މީހުން ދޫކޮށްނުލައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *