logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
މިއަދު އެމްޑީޕީ ޕާލިއަންމެންޓް ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފު ވާހަކަދައްކަވަނީ

ކަންބޮޑުވުންތައް ގިނަ، ސަރުކާރު ޖަވާބުދާރީ ކުރުމުގައި ފަސް ޖެހުމެއް ނެތް: އެމްޑީޕީ

ސަރުކާރާ ގުޅޭ ކަންބޮޑުވުންތައް ގިނަ ކަމަށާއި އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމުގައި ދޫނުދީ ދެމިތިބޭ ނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަމުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ މަޖިލީހުގައި ކުރަންޖެހޭ ރައްޔިތުންނާ ގުޅުންހުރި ބައެއް މަސައްކަތްތައް ކުރުން ލަސްވާ ކަމަށާއި އަވަސްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން ދެން،" މައުރޫފް ވިދާޅުވި އެވެ.

އެކަން ރަނގަޅުކުރެވޭނީ ސަރުކާރު އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތައް ލަސްވާތީ އެކަމާ ބެހޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ