މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވާރަމްންޓް އެންޑް އެނާރޖީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އެއާކަންޑިޝަން އަދި ރެފްރިޖަރޭޝަން ޓެކްނީޝަނުން ތަމްރީނު ކުރުމަށްޓަކއި އެއްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެންވާރަމަންޓް މިނިސްޓަރީން ބުނެފައިވަނީ އެ އެމްއޯޔޫގެ މަގްސަދަކީް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން އެއާކަންޑިޝަން އަދި ރެފްރިޖަރޭޝަން ގެ ދާއިރާއިން ޓެކްނީޝަނުން ތަމްރީނުކޮށް އާރްއޭސީ ސާވިސިން ދާއިރާއިން ލައިސަންސިން ނިޒާމެއް ތަޢާރަފުކުރުން ކަމަށާއި، ޕޮލިޓެކްނިކާ ގުޅިގެން ހިންގާ ތަމްރީން ޕްރޮގްރާމް ތަކުގައި ރާއްޖޭގައި މިހާރު ޕްރެކްޓިސް ކުރަމުންއަންނަ އާރއޭސީ ޓެކްނީޝަނުންނަށް އިތުރު ތަމްރީން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ އެމްއޯޔޫގެ ދަށުން ތަމްރީނު ތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ރެފްރިޖަރޭޝަން ރިސައިކްލިން ގެ ދާއިރާއިންވެސް މީހުން ބިނާކުރަން ހަމަޖެހިފައިވާކަމަށެވެ. މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ތޯރިގުއެވެ. އަދި މޯޅްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކް ގެ ސީއީއޯއެވެ.