logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިޒްރޭލުން 800އަށްވުރެ ގިނަ މިސްކިތް ސުންނާފަތިކޮށްފި؛ ގެއްލުން 350 މިލިއަން ޑޮލަރަށް އަރާ

މުސްލިމުން އަޅުކަން ކުރާ މިސްކިތްތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 800 އަށްވުރެ ގިނަ މިސްކިތް ސުންނާފަތިކޮށްލައިފިއެވެ.

ފަލަސްތީނުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިތުރު 148 މިސްކިތްތަކަށް ލިބިފައިވާ ގެއްލުންތަކާއެކު މިސްކިތްތަކަށް ލިބުނު ގެއްލުން 350 މިލިއަން ޑޮލަރަށް އަރާނެއެއވެ.

އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ގަބުރުސްތާނުތަކަށާއި ރެފިއުޓީ ކޭމްޕްތަކަށާއި ސްކޫލާއި ހޮސްޕިޓަލްތަކަށް ހަމަލާދީ އެތައް މިލިއަން ބަޔަކު ހާލުގައި ޖައްސަމުންނެވެ.

އަދި ޣައްޒާގައި ހިންގާ އުދުވާނުގައި ދިރިތިއްބާ އަތުވާ މުސްލިމުންގެ ގުނަވަންތައް ބުރިކޮށް، ސަހަރާތައް ކޮނެ ގަބުރުތައް ނަގައި އިހާނެތިކޮށް ހަދާފައިވާކަމުގެ ހަބަރުތައްވެސް ފެތުރިފައިވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ