logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީމް ވާހަކަ ދައްކަވަނީ

ދަރުމަވަންތައާ އިންވެގެން އޮތް ބިމުގައި 25 ބުރީގެ ކެންސަރު ހޮސްޕިޓަލެއް

ކެންސަރު ހޮސްޕިޓަލަށް ޚާއްސަ އިމާރާތް އަޅާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ބިމުގައި ކަމަށާއި، މިއީ 25 ބުރީގެ އިމާރާތެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ.

"ކެންސަރު ހޮސްޕިޓަލް އަޅާނީ އައިޖީއެމް ހޮސްޕިޓަލް ބިމުގައި މިހާރު ޕާކިން އޭރިއާ އޮތް ހުސް ބިމުގައި. އެއީ 25 ބުރީގެ އިމާރާތެއް." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ އާބާދީ އިތުރުވި މިންވަރަށް މާލޭގައި، ސިއްޙީ ޚިދުމަތްތަކާ އެނދުގެ އަދަދު އިތުރުކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން މާލޭ ސަރަޙައްދުގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގައި މިވަގުތު އެންމެ ބޮޑު އަމާޒެއް އޮތީ އެނދު އިތުރު ކުރުމަށް ކަމަށެވެ.

އެހެންކަމުން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެނދުގެ އަދަދު އިތުރުކުރުމަށްކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި ވޯޑާއި އީއާރާއި އެހެން ބައެއް ޚިދުމަތްތައް ހިމެނޭހެން މި އަހަރު ނިމުމުގެ ކުރިން އިތުރު 172 އެނދު ޚިދުމަތަށް ގެނެވޭނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ