logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ލަންކާގެ އަރްގަމް-ބޭ ސަރަހައްދަށް ޓެރަރިސްޓް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ އަރްގަމް-ބޭ ސަރަހައްދަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ލަންކާގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން މިއަދު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ލަންކާގެ ދެމީހުންނެވެ.

ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އެންމެ ކުރިން ދީފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނެވެ. އެއީ އިޒްރޭލު މީހުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް ކަމަށް ވެސް އެމެރިކާއިން ބުނެފައިވެ އެވެ. އެހެންވެ، ލަންކާއަށް ދާ އެމެރިކާ މީހުން ސަމާލުވާން ވަނީ އަންގައިފަ އެވެ.

އެފަދަ ހަމަލާއެއް ދޭން ބަޔަކު މަސައްކަތްކުރާކަމުގެ ތުހުމަތެއް ކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ ވަގުތުން ސްރީލަންކާގެ ކަމާ ގުޅޭ މުވައްސަސާތަކަށް އެންގުމަށާއި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ އެތަނެއް ދޫކޮށް ވަގުތުން ދިއުމަށްވެސް އެމެރިކާގެ އެމްބަސީން ނެރެފައިވާ އެލާޓްގައި ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ