logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

ހުޅުމާލޭގައި މަތީފެންވަރުގެ ހޮސްޕިޓަލެއް

ހުޅުމާލެ ހޮސްޕިޓަލާ ޖެހިގެން އޮތް ބިމުގައި 250 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހިދުމަތްތައް ފުޅާކުރިޔަސް ބަލިމީހުން އެޑްމިޓްކުރާ އެނދުގެ އަދަދު އިތުރުކޮށްގެން ނޫނީ ހިތްހަމަޖެހޭ ހިދުމަތެއް ނުދެވޭނެ ކަމަށެވެ.

އެގޮތުން، ހުޅުމާލެ ހޮސްޕިޓަލުން މިހާރު ބޭނުންކުރަމުންދާ 6 ބުރީގެ އިމާރާތާ ޖެހިގެން 15 ބުރީގެ އާ އިމާރާތެއް އެޅުމަށް އެ ގްރޫޕުން ވަނީ ރާވާ ފައެވެ. މިއީ 250 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލަކެވެ.

މިވަގުތުވެސް ހުޅުމާލެ ހޮސްޕިޓަލްގެ އިމާރާތުގައި އައިސީޔޫއަކާއި އެންއައިސީޔޫއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. އެ ހޮސްޕިޓަލުން ބުނީ މި ދެ ޔުނިޓް ވެސް އަހަރު ނިމުމުގެ ކުރިން ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެންއައިސީޔޫގައި 14 އެނދާއި، އައިސީޔޫގައި 10 އެނދު ހުންނާނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *