އިޒްރޭލުން އިރާނަށް އިއްޔެ ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޙާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ސަރުކާރުން ވިދާޅުވީ މި ހަމަލާއަކީ އިރާނުގެ ސިޔާދަތަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އަރައިގަތުމެއް ކަމަށެވެ.
ސަރުކާރުން ގޮވާލާފައިވަނީ މި ސަރަޙައްދުގެ ޤައުމުތަކާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެފައިވާ މި ހަނގުރާމަވެރި ޙާލަތު ވަގުތުން ހަމަޖެއްސުމަށެވެ. އަދި ހުރިހާ ފަރާތްތަކަކަށްވެސް ގޮވާލާފައިވަނީ ވީހާވެސް ބޮޑަށް ކެތްތެރިކަން ދައްކައި، ޙާލަތު މަޑުޖެއްސުމަށް މަސައްކަތްކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށެވެ.