logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުން ކުރާ ކަމެއްނޫން: ޔޫތު މިނިސްޓްރީ

މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާ ކަމެއްނޫންކަމަށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އާޓްސް އިން ބުނެފިއެވެ.

އެ މިނިސްޓަރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ޚަރަކާތްތަކާ މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވަމުން އަންނަ އެފަދަ މުބާރާތްތަކާއި ޚަރަކާތްތަކުގައި ދިވެހިން ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ މުބާރާތެއްގައިު ބައިވެރިވުން ދިވެހި ސަރުކާރުން ކުއްވެރިކުރާ ކަމަށެވެ.

އަދި އެ މުބާރާތުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތުން އެކަން ހުއްޓާލުމަށްވެސް އެބަޔާނުގައި ސަރުކާރުން ގޮވާލާފައިވެއެވެ. އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އެ މުބާރާތުގައި ދިވެއްސަކު ބައިވެރިކުރުމަކީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަންނަ ނޮވެމްބަރ މަހު މެކްސިކޯގައި ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ނަމުގައި ބައިވެރިވެފައިވަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. އެކަމާ ގުޅިގެން ދީނީ އެކި ފަރާތްތަކުން ވެސް އެކަން ހުއްޓުވައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *