އޮންލައިން ބެޓިން ހުއްޓުވުމަށް ޓަކައި ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބް އުޝާމް ވިދާޅުވީ ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް ޖުވާ ކުޅުން ރާއްޖޭގައި އާއްމުވެފައިވާކަމަށާއި، އެހެންކަމުން އެކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި އިތުރަށް ވިދާޅުވީ އެކަން ހުއްޓުވުމަކީ ގާނޫނަށް އިސްލާހު ގެނެސްގެން ކުރެވޭނެ ކަމަކަށްވާތީ އެކަމަށް ބޭނުންވާ އިސްލާހުތަކުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކުރެވެމުންދާ ކަމަށާއި އެ އިސްލާހުތައް ގެނެސްގެން ރާއްޖޭގައި އޮންލައިން ޖުވާކުޅުން ހުއްޓުވާނެކަމަށެވެ.