logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރަށް ފިޔަވަޅު އަޅައިފި

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ތޯހާ، އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު, ސަރްދާރު އަހްމަދު ޝަކީބާއި ބައްދަލުކުރުމުން ދިވެހި ސަރުކާރުން، ތޯހާ އަށް ފިޔަވަޅު އަޅައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހު ޕާކިސްތާނުގަ އެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ގުޅުމާއި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކާފައިވެ އެވެ.

އެކަން ސާފުކޮށްދެމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ.

ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށްކަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ