logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

5 ކިލޯ މަސްތުވާތަކެތި އެތެރެކުރަންއުޅުނު 3 މީހަކު ހައްޔަރުކޮށްފި

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރިކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަަޙްމަދު ނަޞީރު (45އ) އާއި ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ބަނގުލަދޭޝް ގެ ރައްޔިތެއް ކަމަށްވާ ރޮހަމާން، (29އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ 3 މީހުންގެ ތެރެއިން، އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއަށްފަހު އޭނާ ހައްޔަރުކޮށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭންނެވެ.
ބަރުދަނަކީ 5 ކިލޯ 936 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަަޙްމަދު ނަޞީރު 5 ދުވަހަށް، ޢަލީ އައިހަމް 10 ދުވަހަށް އަދި ރޮހަމާން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ