logo minivan

English

ބުރާސްފަތި, 26 ޑިސެމްބަރ 2024

ފޯނު ފިހާރައިން ވައްކަންކުރި މީހާ ހައްޔަރަށް

މަޖީދީމަގު ހުންނަ 'ޒިއޯންމޮބައިލްސް 4′ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މި ފިހާރައިން ވައްކަންކުރިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަމަވެސް އެމީހާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އެ ފިހާރައިން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 5:35 ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެކަކު ފިހާރަ ބިއްލޫރިގަނޑު ތަޅާލާފައި ދިއުމުން އެހެން މީހަކު އެތަނަށް ވަދެ، ވަތްގަނޑު ހާވައި ހަރުން ފޯނާއި އެހެނިހެން ތަކެތި ވަގަށް ނަގާ މަންޒަރެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *