logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ސަރުކާރަށް އެއް އަހަރު: އަބްދުއްރަހީމްގެ ޝުކުރާއި ތައުރީފް ރައީސް ޑރ. މުޢިއްޒުއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސްގެ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި ހެޔޮ އެދުންތައް ފާޅުކުރައްވައިފި އެވެ.

މަޖިލިސް ރައީސް މި ޚިޔާލުފުޅުތައް ފާޅުކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

"ދިވެހީންގެރާއްޖޭގެ ވެރިކަމަށް، ޕީއެންސީގެ ސަރުކާރަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތަށް 1 އަހަރުފުރޭ މި އުފާވެރި މުނާސަބަތުގައި އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދިވެހީންގެ ރާއްޖޭގެ ލޮބުވެތި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިހުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ހެޔޮއެދުންތައް އަރިސްކުރަން،"

މީގެ އިތުރުން، މަޖިލިސް ރައީސް ވަނީ ރައީސް މުއިއްޒު ގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާއި ސާބަސް ދަންނަވާފަ އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް ފަހިކަމާއި ފާގަތިކަން މިންވަރުކުރެއްވުމަށް އެދި އަބްދުއްރަހީމް ވަނީ ދުއާ ކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *