ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ސިއްރު ސިއްރުން އަވަސްއަރުވާލައިގެން ކުރާޒާތުގެ ކަމެއްނޫންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލެއ މަޖިލީހަށް ހުށަހަޅައި އެބިލުގެ ފުރަތަމަކިޔުން މާދަމާގެ މަޖިލީސް ޖަލްސާއަށް އެޖެންޑާ ކޮސްފައިވަނީކޮށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ސިއްރު ސިއްރުން އަވަސްއަރުވާލައިގެން ކުރާޒާތުގެ ކަމެއް ނޫން ކަމަށާއި، ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނީ އެ އިސްލާޙަކާއި ދޭތެރޭ ފުރިހަމައަށް ބަޙުޘްކޮށް އެއިސްލާޙެއް ރައްޔިތުންނަށް ވެސް އެނގި މަޝްވަރާކުރެވިގެން ކަމަށާއި ސިއްރު ސިއްރުން އަވަސް އަރުވާލައިގެން އެކަންކުރަނީ ނުބައި ނިޔަތެއްގައި ކުރާ ކަމަކަށްވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޚައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަޚައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސްކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިޅިހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެ ބައިގެ އަޣްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމުގައި ކަނޑައެޅުމާއި، ދިވެހި ރާއްޖޭގެ ސަރަޚައްދު އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފަސްކޮށްގެން ކަމުގައި ކަނޑައެޅުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެމްބަރުކަމަށް ހޮވުނު ހައިސިއްޔަތު ބަދަލުވުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއްކަމުގައި ކަނޑައެޅުމެވެ.