ނިއުޔޯކުގައި އިއްޔެ ބޭއްވި ސޮތެބީގެ ނީލަމުގައި ޑަކްޓް-ޓޭޕުން ފާރުގައި ތަތްކޮފައި އިން ދޮންކެޔޮވަކެއް 6.2 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.
މި އާޓްވޯކަކީ އިޓަލީގެ ކޮމޭޑިއަންގެ ގޮތުގައި މަޝްހޫރުވެފައިވާ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން 2019 ވަނަ އަހަރު މިއާމީ ބީޗްގައި އޮތް އާޓް ބަސެލް ފެއާގައި ދައްކާލި އާޓް މަސައްކަތެކެވެ. އެ ފަހަރުގެ ފެއާގައިވެސް އޭގެ 3 އެޑިޝަނެއް 120000 ޑޮލަރާއި 160000 ޑޮލަރާ ދެމެދުގެ އަގިތަކެއްގައި މައުރީޒިއޯ ވަނީ ވިއްކާލާފައެވެ.
މިފަހަރުގެ ނީލަމުގައި އެ ދޮންކެޔޮވަށް ވިކޭނެކަމަށް ފުރަތަމަ ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރަށް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް 7 ފަރާތަކުން ބައިވެރިވި އެ ނީލަމުގައި އެއްމެފަހުން ވަނީ ޗައިނާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިއެއް ކަމަށްވާ ޖަސްޓިން ސަން ވަނީ 6.2 މިލިއަން ޑޮލަރު ހުށަހަޅައި ނީލަން ކާމިޔާބުކޮށްފައެވެ.
އާންމުގޮތެއްގައި ދޮންކެޔޮވަކެއްގެ އަގު އުޅެނީ 1 ޑޮލަރަށްވުރެވެސް ކުޑަ އަގެއްގައެވެ. ނަމަވެސް ޑަކްޓް-ޓޭޕްއަކުން ފާރެއްގައި ހިއްޕާލާފައިވާ ދޮންކެޔޮވަކެއް، ނިއުޔޯކްގެ ސޮތެބީސްގައި ކުރިއަށް ދިޔަ ނީލަމުގައި 6.2 މިލިއަން ޑޮލަރަށް މި ވަނީ ވިކިފައެވެ.
އެއީ ހަގީގަތުގައި ވެސް އާޓެއްތޯ ނުވަތަ ހަމައެކަނި ޕްރޭންކެއްތޯ މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. ސިލްވަ ކުލައިގެ ޑަކްޓް ޓޭޕް ޖަހާފައި ދޮންވެފައިވާ ދޮންކެޔޮވަކެއް ހުދު ފާރުގައި އެއްމެފުތަރަމަ ހަރުކޮށްފައިވަނީ 2019 ވަނަ އަހަރު މިއާމީ ބީޗް ގައި ބޭއްވި އާޓް ބަސެލް ފެއާގައި އިޓަލީގެ އާޓިސްޓެއް ކަމަށްވާ މަޝްހޫރު ކޮމޭޑިއަން މައުރީޒިއޯ ކެޓެލަން އެވެ. އެ ފެއާގައި މައުރީޒިއޯގެ އެ އާޓް މަސައްކަތް ވަނީ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައެވެ. އަދި އެ އާޓް ވޯކާ ބެހޭގޮތުން ވަރަށްގިނަ ބައެއްގެ މެދުގައި ވަރަށް ހޫނު ބަހުސްތައްވެސް ވަނީ ކޮށްފައެވެ.
އެ އާޓް ފެއާ ކުރިއަށް ދަނިކޮށް އެހެން އާޓިސްޓެއް އައިސް ފާރުގައި ތަތްކޮށްފައިވާ ދޮންކެޔޮވަށް ނައްތާ ލުމަށްފަހު ކާލުމުން އަނެއްކާވެސް މައުރީޒިއޯ ކެޓެލަން ވަނީ އެހެން ދޮންކެޔޮވަކެއް ގެނެސް ހަމަ އެގޮތަށް ފާރުގައި ހިއްޕާފައެވެ.
އެފަހަރުގެ އާޓް ފެއާގެ އެއްމެ ބޮޑު މަޝްހޫރުކަމެއް ހޯދި އެ ދޮންކެޔޮވަށް ކައިރީ ފޮޓޯއާއި ސެލްފީ ނެގުމަށް ގިނަ ބަޔަކު ކިޔޫގައިވެސް ގިނަ ވަގުތަކެއް ވަނީ ހޭދަކޮށްފައެވެ.