logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސަކާއެކު އަންހެނުންނަށް ޚާއްސަކޮށްގެން އެމްޕީއެލް އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހުޅުވާލައިފި

މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސަކާއެކު އަންހެނުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީއާއި ގުޅިގެން ހިންގާ އެޕްރެންޓިސް ޕްރޮގްރާމުގައި  7 ދާއިރާއަކުން ތަންރީނު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، އެދާއިރާތަކުގެ ތެރޭގައި ހިމެނެނީ ވެލްޑިންގ، ކާޕެންޓަރ، މެޝިނިސްޓް، މެރިން މެކޭނިކް، އިލެކްޓްރިޝަން، މެކޭނިކް އަދި އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން އެވެ. އިއުލާނުގައި ބުނެފައިވާ ގޮތުން 6 މަސްދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުގައި ޖުމްލަ 18 ބައިވެރިންނަށް ފުރުޞަތު ދޭން ހަމަޖެހިފައިވާއިރު އެ ޕްރިޮގްރާމުގައި ބައިވެރިވުމަށް ހޮވޭ ކޮންމެ ނބައިވެރިއަކަށް މަހަކު 5,000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައެވެއެވެ.

އެމްޕީއެލް އިން ބުނެފައިވަނީ އެ ޕްރޮގްރާމަކީ މަސައްކަތުގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން  އެމްޕީއެލްގެ ވެބްސައިޓުގައި ދީފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ