logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ހުޅުމާލޭ ޖަލުގައި ގައިދީން އާއިލާއާ ބައްދަލުކުރާ ގެއެއް ހުޅުވައިފި

ހުޅުމާލޭ ޖަލުގައި ގައިދީންގެ އާއިލާތަކާ ބައްދަލުކުރާ ގެއެއް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.

އާއިލާ އާ ބައްދަލުކުރާ ގެ ހުޅުވުމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މައުލޫމާތު ދިން ގޮތުގައި އަލަށް ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މީގެއިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ބައްދަލުކުރުމަށް ޢާއިލާއާ އެކު އަންނަ ކުޑަކުދިން ވާހަަކަ ކިއުމާއި ކުޅުމަށް ޙާއްސަ ކުރެވިގެން ހަދާފައިވާ ކިޑްސް ކޯނާރ އެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން ވެއިޓިންގ ރޫމެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މިއީ އާއިލާއިން ބައްދަލުކުރުމަށް ހާޞިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި ޖަލަށް ޒިޔާރާތް ކުރާ ފަރާތްތައް މަޑުކުރުމަށް ޤާއިމްކޮށްފައިވާ ތަނެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *