logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އިސްރަށްވެހިންގެ ދަފްރަތެއް އެކުލަވާލަނީ

އިސްރަށްވެހިންގެ ރެޖިސްޓްރީއެއް އެކުލަވާލުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީއާއެކު ޕެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުޖާތާ ހަލީމް އެވެ.

އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު، އިބްރާހީމް އިސްމާއިލް އަލީ އެވެ.

އެ  އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ފުރުސަތު ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އެ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށް ދެވިގެންދާނެ އެވެ.

މި ސަރުކާރުން އަންނަނީ އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ފުރުސަތުތަކެއް ފަހިކޮށް ދެމުންނެވެ. އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ވެސް އެބަ ހިންގަ އެވެ.

ހުޅުމާލެ ފޭސް 2 ގައި އިސްރަށްވެހިންގެ ނާދީއެއް ވެސް ވަނީ ތަރައްގީކޮށްފައިވެ އެވެ.

އިސްރަށްވެހިންގެ ނާދީއަކީ، އުމުރުން 55 އަހަރުން މަތީ މީހުންގެ އިޖްތިމާއީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *