logo minivan

English

ބުރާސްފަތި, 26 ޑިސެމްބަރ 2024

އިތުރު ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 4 ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. މިގޮތުން އިއްޔެ މާލޭގައި ހިންގަމުންދާ 9 ކެފޭއެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން ވަނީ އަތުލާފަ އެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ ފުޅާ ދާއިރާގެ އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *