logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

6 މިލިއަން ޑޮލަރަށް ގަތް ދޮންކެޔޮވަށް ކާލައިފި

މިމަހު 20 ވަނަ ދުވަހު ނިއުޔޯކުގެ ސޮތެބީގެ ނީލަމުގައި 6.2 މިލިއަން ޑޮލަރަށް ވިކުނު، ޑަކްޓް-ޓޭޕުން ފާރުގައި ތަތްކޮފައި އިން ދޮންކެޔޮވަށް ކާލައިފިއެވެ.

ނީލަމުގައި ދޮންކެޔޮވަށް ގަތް ޗައިނާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 34 އަހަރުގެ ޖަސްޓިން ސަން ދޮންކެޔޮވަށް ކާލާފައިވަނީ އެކަމަށްޓަކައި ބޭއްވި ނިއުސް ކޮންފަރެންސެއްގައިއެވެ. އެ ނިއުސްކޮންފަރެންސް ގައި ދޮންކެޔޮވަށް ކާލަމުން ސަން ބުނެފައިވަނީ ދޮންކެޔޮވަށް ކާލުމަކީ އާޓްވޯކުގެ ބައެއް ކަމަށާއި އެ ދޮންކޮވަކުގެ ރަހަ ތަފާތު ކަމަށެވެ. އަދި ސަން ބުނެފައިވަނީ ދޮންކޮޔެވަށް ހަލާކުވީތޯ ސްވާލުއުފެއްދުން އެއީ މޮޔަ ސުވާލެއް ކަމަށާއި، އެ ރަސްމިއްޔާތުގައި ބައިވެރިވި ކޮންމެ މީހެއްގެ އަތުގައި ވެސް ދޮންކެޔޮވަކެއް ކާން އެބައޮތް ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި މި ހަރަކާތުގައި ބައިވެރިވި ކޮންމެ މީހަކަށް ސްވެނިއާއެއްގެ ގޮތުގައި ދޮންކެޔޮ ވަކަކާއި ޑަކްޓް ޓޭޕްގެ ރޯލެއް ދީފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *