އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވަނީ ޓެރަރިޒަމަށް ހިތްވަރުދެއްވާފައި ކަމަށާއި، ކަމާގުޅޭ މުވައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު އެ މައްސަލަ ބަލަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއޮ، މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއްކަމަށާއި އަދި ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެކަމަށެވެ.
މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއް.ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ.
ފައްޔާޒު މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގައި އެޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭފުޅަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް ބުނެފައިވަނީ ނަސޭހަތެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެމީހާ ފަހަތުން ސަރުކާރުން ދާއިރު ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އިތުރަށް ފައްޔާޒު ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ މާޒީ އަކީ އެހާ ކައިންޑް ކޮށް ފެންނަން އޮތް މާޒީއެއް ނޫންކަމަށާއި ރައްޔިތުންނާ ދުރު ވެރިކަންތަކާ ދެކޮޅަށް ދިވެހިން ނިކުމެފައިވާތަން ފެންނަން އެބައޮތް ކަމަށެވެ.