logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024
ފޮޓޯ: ފުލުސް މީޑިއާ

ސަމާލުވޭ! "ހޯމް އާޓް ފަރުނީޗަރ" ފޭސްބުކް ޕޭޖުން ގަންނަ މުދާ ޑެލިވަރީ ނުކޮށްދީގެން ފްރޯޑް މައްސަލަތައް ކޮންމެދުވަހަކު ދަނީ ހުށަހަޅަމުން: ފުލުހުން

"ހޯމް އާޓް ފަރުނީޗަރ" ފޭސްބުކް ޕޭޖުން މުދާ ގަންނަ ފަރާތްތަކަށް މުސާ ޑެލިވަރީ ނުކޮށްގެން ފްރޯޑް މައްސަލަތައް ކޮންމެދުވަހަކު ފުލުހުންގެ އިދާރާއަށް ހުށަހަޅަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވާކަމަށާއި، ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި "ހޯމް އާޓް ފަރުނީޗަރ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *