logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

ޖެނުއަރީ މަހު ޗައިނާގެ ތިން މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

އަންނަ ޖަނަވަރީ މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީދާ ދަތުރުގައި ޗައިނާގެ ތިން މަންޒިލަކަށް ފަށަން ތައްޔާރު ވެއްޖެއެވެ.

އެ ދަތުރުތަކުގެ ފެށުން ފާހަގަ ކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޓްރާންސްޕޯޓު މިިނިސްޓަރު މުހައްމަދު އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ޝަންހާއީ، ޗެންޑޫ އަދި ޝިއާނަށް ކަމަށެވެ. މި ކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވިއަންއަށް ގެންނަ ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ހަމަވުމުން، ސައުތު އެފްރިކާ އާއި ޔޫރަޕުގެ މަންޒިލުތަކަށް ވެސް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާ ބޯޓު ހޯދައި، އެ އެއާލައިނުގެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް މޯލްޑިވިއަންއަށް ފުރަތަމަ ގެންނަނީ އޭ330 އަދި 200ގެ އެއާބަސް ބޯޓެވެ. މި ބޯޓުތަކުގައި 264 ގޮނޑި ހުންނައިރު، ނުޖައްސާ 13،000 ކިލޯމީޓަރަށް ދަތުރުކުރެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *