ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.
ކުރިއަށް އޮތް ފަސް ދުވަހު އެންމެ ބޮޑަށް ވިއްސާރަކުރާނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށް ކަމަށާއި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެ ދުވަސްތަކުަގއި 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކުގައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ.